ހަވަރުތިނަދޫ "ފޮޑަހުތެރޭ" ދަރިކޮޅު


ހަވަރުތިނަދޫ "ފޮޑަހުތެރޭ" ދަރިކޮޅަކީ ހުވަދުއަތޮޅު މާމެންދޫގައި ދިރިއުޅުއްވި އެދުވަސްވަރުގެ ޢިލްމީ ބޭކަލެއްކަމަށްވާ ޢަލިކަތީބު ނުވަތަ މަޝްހޫރު "ކޭވަނެބެއްޔާ" އާއި ހުވަދުއަތޮޅު ވިލިގިލީގައި ދިރިއުޅުއްވި "އޮޅަފުތު ބެއްޔާ"އާއި ދެބެއިންނާއި ޢާއިލީގޮތުން ގުޅިފައިވާ ދަރިކޮޅެއްކަމަށް ބުނެވެއެވެ. "ފޮޑަހުތެރެ" މިއީ ޢާއިލީ ނަމެކެވެ. މިސާލަކަށް "ފޮޑަހުތެރޭ" މޫސާބެއްޔާ، "ފޮޑަހުތެރޭ" ޙަސަންބެއްޔާ މިގޮތަށެވެ. 

ހަވަރުތިނަދޫ "ފޮޑަހުތެރޭ" ދަރިކޮޅު:
1. ހަވަރުތިނަދޫ ފޮޑަހުތެރޭ ބެއްޔާ 
2. ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާ 
3. ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާ
4. ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާ 
5. ހަވަރުތިނަދޫ ފޮޑަހުތެރޭ ކުދެބެއްޔާ    


1. ހަވަރުތިނަދޫ ފޮޑަހުތެރޭ ބެއްޔާ

ހަވަރުތިނަދޫ ފޮޑަހުތެރޭ ބެއްޔާގެ ދަރިއަކީ "ދިޔެ" އެވެ. މީނާގެދަރިންނަކީ ކުޑަފުތު، ކަޅުފުތު، ކަޅުދިޔެ، އަދި ދޮންކަމަނަ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ބެއްޔާގެ "ދިޔެ"ގެ ކުޑަފުތުގެ ދަރިންނަކީ ޚަދީޖާ ކުޑަފުތު އެޅަހިށިގެ/ ވިލިގިލި، މުޙައްމަދު ޒާހިރު ޓޯކިޔޯވިލާ/ ރަތަފަންދޫ، އާމިނަތު ރަޝީދާ އެޅަހިށިވިލާ/ ވިލިގިލި އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ބެއްޔާގެ "ދިޔެ"ގެ ކަޅުފުތުގެ ދަރިއަކީ ބަދޫރާ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ބެއްޔާގެ "ދިޔެ"ގެ ކަޅުދިޔެގެ ދަރިއަކީ ޤާސިމްފުތު ވޭސައިޑް/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ބެއްޔާގެ "ދިޔެ"ގެ ދޮންކަމަނަގެ ދަރިންނަކީ އާދަމްބެ އޮރެންޖްގާރޑްން/ ތިނަދޫ، ދޮންކަލޯބެ ރެޑްހާފް/ ތިނަދޫ، ޙަސަންބެ ކަލްމުނާގެ/ ތިނަދޫ ޔޫސުފުބެ ނައިންހައުސް/ ތިނަދޫ، ރެކިބޭ/ ގައްދޫ، ޢަލިބޭ ކަރަންފޫމާގެ، އަދި މުޙައްމަދުބެ/ ފަރެސް އެވެ.
 
2. ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާ

ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ ދަރިންނަކީ ކަމެންދައިތަ، ޚަދީޖާ (ކައިދައިތަ)، ކުޑަ އާމިންދިޔެ (ކުދެ އާމިންދައިތާ) މަރިޔަމްދައިތަ، ޙައްވާދިޔެ (ދޮން ރެކިޔެ) އެވެ. މީގެތެރެއިން ކަމެންދައިތަ ނޫން އެހެން ކުދިންގެ މަންމައަކީ ހަވަރުތިނަދޫ މެދުއަވަށު ދޮންމޫސާކަލޭގެ ފުތް ދޮންޢަލިކަލޭގެ ދި ދޮންއައިސާ އެވެ. ކަމެންދައިތަގެ މަންމައަކީ ހަވަރުތިނަދޫ ދައިތާއެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ ކަމެންދައިތަގެ ދަރިންނަކީ ދޮންކަމަނަ އޯޖަން/ ތިނަދޫ، އާމިނަތު ޢަބުދުއްރަޙުމާނު (ރެކިދައިތަ) ހިރިހަމައިދިގެ/ ތިނަދޫ، އާމިނާދިޔެ، އަދި ޙުސައިން މަޖުދީ، ވެށި/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ ޚަދީޖާ (ކައިދައިތަ)ގެ ދަރިންނަކީ ޢަލިބެއްޔާ ލޯޖެހިގެ/ ރަތަފަންދޫ، މުޙައްމަދުފުތު އެންދެރިމާގެ/ ރަތަފަންދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ ޚަދީޖާ (ކައިދައިތަ)ގެ ޢަލިބެއްޔާ ލޯޖެހިގެ/ ރަތަފަންދޫ ގެ ދަރިންނަކީ ދޮންބީފާނު، އާމިނާފާނު، ޒާހިރާ ޢަލީ، ފަރީދާ ޢަލީ، ލަޠީފު ޢަލީ، ލަޠީފާ ޢަލީ، ޢާއިޝަތު ޢަލީ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ ޚަދީޖާ (ކައިދައިތަ)ގެ މުޙައްމަދުފުތު އެންދެރިމާގެ/ ރަތަފަންދޫ ގެ ދަރިންނަކީ ޢަބުދުލްޙަކީމް، ޚަދީޖާ މުޙައްމަދު އެންދެރިމާގެ/ ރަތަފަންދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ ކުޑަ އާމިންދިޔެ (ކުދެ އާމިންދައިތާ) ގެ ދަރިންނަކީ އައިހާފާނު ޕިންކްރޯޒް/ތިނަދޫ، ޢަލިތަކުރުފާނު ނިއުޒީލް/ތިނަދޫ، ޚަދީޖާ އާދަމް(ކުދެއިފާނު) ސްޓާރލިންގ/ތިނަދޫ އާދަމްތަކުރުފާނު ސޫރަޖުގެ/ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ މަރިޔަމްދައިތަގެ ދަރިންނަކީ ޢަބުދުﷲ ނާޞިރު(ދޮންކަލޭގެފާނު) ލަކްސްލިންގ/ތިނަދޫ، ޢަލިބ ގާލިކް/ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ މޫސާބެއްޔާގެ ޙައްވާދިޔެ (ދޮން ރެކިޔެ)ގެ ޢާއިލާނެތެވެ.

3. ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާ 

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ދަރިންނަކީ އަޙުމަދުބެ ހަސްތީގެ/ ތިނަދޫ، އިބްރާހީމްބެ ސަންގަމް/ ތިނަދޫ، ޙަސަންބެ (ޙަސަނާބެ) ހެލެގެލި/ ތިނަދޫ، ދޮންކަލޯބެ ޕެރިސްގާޑްން/ ތިނަދޫ، ސަންފާދައިތާ ފީރޯޒްގެ/ ތިނަދޫ، ފާތިންދައިތާ ކިޔުޕިޑް/ ތިނަދޫ، ޙައްވާދައިތާ ވެސްޓްލައިޓް/ ތިނަދޫ ކުދެބެއްޔާ ގުލްޝަންގެ/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ އަޙުމަދުބެ ހަސްތީގެ/ ތިނަދޫ ގެ ދަރިންނަކީ ފާޠިމަތު އަޙުމަދު ބީޗްހެވަން/ ތިނަދޫ، ޙައްވާ އަޙުމަދު ހަސްތީގެ/ ތިނަދޫ، ޢާއިޝަތު އަޙުމަދު، މަރިޔަމް އަޙުމަދު އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ އިބްރާހީމްބެ ސަންގަމް/ ތިނަދޫގެ ދަރިންނަކީ ޙައްވާ އިބްރާހީމް މަޑުފެހިގެ/ ތިނަދޫ، އާދަމް އިބްރާހީމް ގޯލްޑަންކްއީން/ ތިނަދޫ، ޢަލީ އިބްރާހީމް، ފާޠިމަތު އިބްރާހީމް/ ކޮލަމާފުށި، ޤާސިމް އިބްރާހީމް ސަންގަމް/ ތިނަދޫ، މަރިޔަމް އިބްރާހީމް ނެލްޝަން/ ތިނަދޫ، ޢާއިޝަތު އިބްރާހީމް ރޯމަރު/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ޙަސަންބެ (ޙަސަނާބެ) ހެލެގެލި/ ތިނަދޫ ގެ ދަރިންނަކީ އިބްރާހީމް ޝާކިރު ހެލެގެލި/ ތިނަދޫ، މަރިޔަމްފާނު ޓައިމްލެސް/ ތިނަދޫ އެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ދޮންކަލޯބެ ޕެރިސްގާޑްން/ ތިނަދޫ ގެ ދަރިންނަކީ ރެކިފުތު، ޢަލިބެ ޕެރިސްގާރޑްން/ ތިނަދޫ، ފާޠިމާ ސައިޑްބީޗް/ ތިނަދޫ އެވެ. މިދަރިންގެ ޢާއިލާ އެބައޮތެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ސަންފާދައިތާ ފީރޯޒްގެ/ ތިނަދޫ ގެ ދަރިންނަކީ އާމިނާދީދީ ސީނިއަރުގެ/ ތިނަދޫ، ތުއްތުދީދީ ޑޯލްވިލާ/ ތިނަދޫ، ޢާއިޝާދީދީ ކްރިމްސަން/ ތިނަދޫ، އިސްމާޢީލް ޒާހިރު ފީރޯޒުގެ/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ފާތިންދައިތާ ކިޔުޕިޑް/ ތިނަދޫ ގެ ދަރިންނަކީ ސަންފާދިޔެ އަލިދޯދި/ ތިނަދޫ، ޙަސަން ރުޝްދީ ކިޔުޕިޑް/ ތިނަދޫ، ޤާސިމްފުތު، މަރިޔަމްދިޔެ އަލިހަނދުވަރުގެ/ ތިނަދޫ، އަޙުމަދުބެ، ޙައްވާ މުޙައްމަދު ދީދީ އޯޝަންމީޑް/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ޙައްވާދައިތާ ވެސްޓްލައިޓް/ ތިނަދޫ ގެ ދަރިންނަކީ ޙަސަން ޙަބީބު، ޚަދީޖާ އިސްމާޢީލް (ކަތްދާމަނިކެ) އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކަލޯބެއްޔާގެ ކުދެބެއްޔާ ގުލްޝަންގެ/ ތިނަދޫ ގެ ދަރިންނަކީ މުޙައްމަދުފުތު، ރެކިދައިތަ ކެނދިފަށުވިގެ/ ތިނަދޫ، ޢަލިތަކުރުފާނު ގުލްޝަންގެ/ ތިނަދޫ، މޫސާކަލޯ ސެލްވީން ތިނަދޫ އެވެ. 

4. ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާ 

ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާ ކައިވެނިކުރީ ކޫއްޑޫ ޙަސަން ކަތީބާއި އެރަށު ކައިދާ ކަނބުލޭގެ ދި އާމިނާ ކަނބުލޭގެ އާއި ޢަލިކަތީބު (މާމެންދޫ ކޭވަނެބެއްޔާ) ކައިވެނިކުރައްވައިގެން ލިބިލެއްވި ދި މަރިޔަމްދިޔެ އާއި އެވެ. މިކައިވެނީގެ ދަރިންނަކީ ފާޠިމާ (ފާތުމާދިޔެ) ޙައްވާ (ޙައްވާދައިތާ) ކުއްދައިތާ، ކަޅުފުތުބެ، ކުދުފުތުބެ، ދޮންފުތުބެ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ފާޠިމާ (ފާތުމާދިޔެ)ގެ ޤާސިމް ތަކުރުފާނުގެ ދަރިއަކީ ޢާއިޝަތު ޤާސިމް (އައިސާފާނު) މަދަރުސާދޮށުގެ/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ފާޠިމާ (ފާތުމާދިޔެ)ގެ ޤާސިމް ތަކުރުފާނުގެ ޢާއިޝަތު ޤާސިމް (އައިސާފާނު) މަދަރުސާދޮށުގެ/ ތިނަދޫގެ ޢާއިލާ އުފެދިފައިވާ ދަރިންނަކީ ޢަބުދުﷲ ޙިލްމީ، ޒަރީނާ ޢަބުދުލްވައްހާބު އެވެ. 

ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ޙައްވާ (ޙައްވާދައިތާ)ގެ ދަރިންނަކީ މަރިޔަމްދިޔެ ހ. ދުނބުރިމާގެ، އަޙުމަދުބެ އާގަރާ/ ތިނަދޫ، ފާތިންދިޔެ މީނާނީޒް/ ތިނަދޫ، ރެކިދިޔެ. ހ. މާބަނޑޭރިއާގެ، ކައިދާދިޔެ މ. ސަންގުފަރީދުގެ، ދޮންކަމަނަ ޝެރިފް/ ތިނަދޫ، މުޙައްމަދު އަނީސް ކޯންފްލެކް/ ތިނަދޫ، ޢާއިޝާދިޔެ (އައިހާދިޔެ) ތިނަދޫގެ/ ހޯޑެއްދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ކުއްދައިތާގެ ދަރިންނަކީ ދޮންކަމަނަ، ޙައްވާ، ދޮންކަލޯ، ޙުސައިންފުތު، އާމިނާދިޔެ މ. ގުޑްނެސް، އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ކަޅުފުތުބޭގެ ދަރިންނަކީ ރެކިދިޔެ މއ. މޫވީލައިޓް، ޙުސައިންފުތު ބިންހިމަގެ/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ކުޑަފުތު (ކުދުފުތުބޭ)ގެ ދަރިންނަކީ އައިސާދިޔެ، ޤާސިމް (ކާސިމްބޭ) އޯޖަން/ ތިނަދޫ، ޙައްވާދިޔެ އަލަސްކާ/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ޙަސަންބެއްޔާގެ ދޮންފުތުބޭގެ ދަރިންނަކީ ޢަބުދުﷲ (ދޮންކަލޯބެ) މިޑްއޯޝަން/ ތިނަދޫ، އައިހާދައިތަ ކާރބަން/ ތިނަދޫ، އާދަމްބޭ، ރެކިފުތު މިސްކިތްދޮށުގެ/ ދާންދޫ އެވެ.

5. ހަވަރުތިނަދޫ ފޮޑަހުތެރޭ ކުދެބެއްޔާ 

ހަވަރުތިނަދޫ ފޮޑަހުތެރޭ ކުދެބެއްޔާގެ ދަރިންނަކީ ޙުސައިން ރަންގަލް/ ތިނަދޫ، ކަމަނާ ބިޖިނިންގވިލާ/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކުދެބެއްޔާގެ ޙުސައިން ރަންގަލް/ ތިނަދޫ ގެ ދަރިންނަކީ މުޙައްމަދު ޙުސައިން (ދޮންބެއްޔާ)، ޢަލީ ޙުސައިން ރަންގަލް/ ތިނަދޫ، މޫސާ ނަޖީބު މޭގަ/ ތިނަދޫ އެވެ.

ހަވަރުތިނަދޫ ފޮޑަހުތެރޭ ކުދެބެއްޔާގެ ކަމަނާ ބިޖިނިންގވިލާ/ ތިނަދޫ ގެ ދަރިންނަކީ ޢާއިޝާ (އައިސާ) ރޯސްހައުސް/ ތިނަދޫ، ރެކިދައިތަ އުތުރުގެ/ ތިނަދޫ، ޤާސިމްފުތު ބިޖިނިންގވިލާ/ ތިނަދޫ އެވެ.
            --------------------

ޢަބުދުﷲ ޙިލްމީ
22 ޖެނުއަރީ 2013