ހަވަރުތިނަދޫ
ދިހެރޭ ޙުސައިން ކަލޭގެފާނަކީ ހުވަދުއަތޮޅުގެ ވާރުވެރިކަންކުރެއްވި ހަވަރުތިނަދޫގެ
ބޭފުޅެކެވެ. އެދުވަސްވަރު ވާރުކުރެއްވީ ހޯޑެއްދޫގައެވެ. ޙުސައިން ކަލޭގެފާނުގެ
އަނބިކަނބަލުންނަކީ ހަވަރުތިނަދޫ ދޮން ފާޠުމާފާނެވެ. ޙުސައިން ކަލޭގެފާނު
އަވަހާރަވެ ފަސްދާނުލެވިފައިވަނީ ހަވަރުތިނަދޫ ހުކުރުމިސްކިތުގެ ޤަބުރުސްތާނުގައި
މިސްކިތުގެ އުތުރުން ހުރި ބިސްތާނައިގައެވެ.
ދިހެރޭ
ޙުސައިން ކަލޭގެފާނާއި ދޮން ފާޠުމާފާނާއި ދެކަނބަލުންގެ ދަރިންނަކީ:
1-
ޢަލިތަކުރުފާނު
2-
ޤާސިމް ތަކުރުފާނު
3-
މުޙައްމަދު ތަކުރުފާނު
4-
ޙަސަން ތަކުރުފާނު
5-
އިބްރާހީމް ތަކުރުފާނު
6-
ޢާއިޝާފާނު
7-
މަރިޔަމްފާނު
8-
ކުޑަތަކުރުފާނު
1-
ދިހެރޭ ޙުސައިން ކަލޭގެފާނުގެ ޢަލިތަކުރުފާނު
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ދަރިންނަކީ ޢާއިޝާފާނު(ދައިތާ) އާއި، އަދި ފާޠުމާފާނެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ޢާއިޝާފާނު(ދައިތާ) ގެ ދަރިންނަކީ ޙަސަންތަކުރުފާނާއި،
މަރިޔަމްފާނާއި، ޙައްވާފާނާއި، މުޙައްމަދު ތަކުރުފާނާއި، ޤާސިމްތަކުރުފާނެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ޢާއިޝާފާނު(ދައިތާ) ގެ ޙަސަންތަކުރުފާނު ކައިވެނިކުރެއްވީ
ހަވަރުތިނަދޫ ޢަލިކަލޭގެ ގެ އައިސާދައިތާގެ ރެކިދިޔެއާއި ކަޅެރާބެއްޔާގެ ޢުސްމާނާއި
ދެކަނބަލުންގެ ދަރި ފާޠިމާދިޔެއާ އެވެ. މިކައިވެނީގެދަރިންނަކީ ޤާސިމް ޙަސަން/ ފަރުދާގެ،
މަރިޔަމް މުނީރާ/ ނައިންހައުސް، ޢަބުދުﷲ ޙަސަން/ ނޫރާނީވިލާ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ޢާއިޝާފާނު(ދައިތާ) ގެ މުޙައްމަދު ތަކުރުފާނު ކައިވެނިކުރެއްވީ
ދިހެރޭ ޙުސައިން ކަލޭގެފާނުގެ ކުޑަތަކުރުފާނުގެ ޙައްވާފާނުގެ ޢާއިޝަތު ޢަލީ (އައިސާފާނު)/
އަލެގެ އާ އެވެ. މި ޢާއިޝަތު ޢަލީ (އައިސާފާނު)ގެ ބައްޕައަކީ އައްޑުއަތޮޅު ހިތަދޫ މޭނާ
ކަލޭގެފާނުގެ ދަލިކާފާނުގެ ޢަލިތަކުރުފާނެވެ. މުޙައްމަދު ތަކުރުފާނާއި ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ކުޑަތަކުރުފާނުގެ ޙައްވާފާނުގެ ޢާއިޝަތު ޢަލީ (އައިސާފާނު) އާ ދެކަނބަލުންގެ
ދަރިއަކީ ފާޠިމަތު މުޙައްމަދު (ފާތުމާފާނު) އަލެގެ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ޢާއިޝާފާނު(ދައިތާ) ގެ ޤާސިމް ތަކުރުފާނު ކައިވެނިކުރެއްވީ
ހަވަރުތިނަދޫ ސަންފާފާނު (ސަންފަހާނު) އާ އެވެ. މިކައިވެނީގެދަރިންނަކީ އަޙުމަދު ތަކުރުފާނު،
ޢާއިޝާފާނު/ ރީޙުއްޞަބާ، ޢަބުދުއްރަޙުމާނު/ ޢަރަފާތު، އިބްރާހީމް ތަކުރުފާނު، ޢަލިތަކުރުފާނު
އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ފާޠުމާފާނުގެ ރެކިބީފާނާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ
ރާގުޅި އަޙުމަދު ކަލޭގެފާނުގެ ސަންފާފާނުގެ ފާޠުމާފާނުގެ ކުޑަ ތަކުރުފާނެވެ. މިކައިވެނީގެ
ދަރިންނަކީ އާދަމް ތަކުރުފާނު/ ރިވެލްފިޝް އާއި، މަރިޔަމްފާނު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ފާޠުމާފާނުގެ ރެކިބީފާނުގެ އާދަމް ތަކުރުފާނުގެ ދަރިންނަކީ
ޢަބުދުﷲ ޒުހައިރު/ ގެލަ، މަރިޔަމް ޒުހައިރާ/ އާއަލި، ޢާއިޝަތު ޒުބައިރާ/ ނޫފަޅު، މުޙައްމަދު
ޒުބައިރު/ ރިވެލްފިޝް، އަޙުމަދު ޢާޠިފު/ ތެލަ، ޙުސައިން އާދަމް/ ރިވެލްފިޝް އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢަލިތަކުރުފާނުގެ ފާޠުމާފާނުގެ ރެކިބީފާނުގެ މަރިޔަމްފާނުގެ ދަރިންނަކީ
ފައުޒިއްޔާ ކަމާލު/ މ. ތަންތާރަ، މުޙައްމަދު ޖުނައިދު/ މ. ސަބްރާތު/ މުޙައްމަދު ނާޞިރު/
މ. ސަބްރާތު އެވެ.
2-
ދިހެރޭ ޙުސައިން ކަލޭގެފާނުގެ ޤާސިމް ތަކުރުފާނު
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޤާސިމް ތަކުރުފާނުގެ ފާޠިމާފާނާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ މާވަށްދިހެރޭ
އަޙުމަދުދީދީ އެވެ. މިކައިވެނީގެ ދަރިންނަކީ އާމިނާދީދީ، ރެކިދީދީ އެވެ.
3-
ދިހެރޭ ޙުސައިން ކަލޭގެފާނުގެ މުޙައްމަދު ތަކުރުފާނު
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މުޙައްމަދު ތަކުރުފާނުގެ ދަރިންނަކީ މޫސާ ތަކުރުފާނު (މޫސާބެ)، އާމިނާފާނު،
ދޮން ތަކުރުފާނު، ޤާސިމް ތަކުރުފާނު (ކާސިމްބެ) ޙަސަން ތަކުރުފާނު (ޙަސަންބެ) އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މުޙައްމަދު ތަކުރުފާނުގެ މޫސާ ތަކުރުފާނު(މޫސާބެ)ގެ ޙުސައިންގެ ދަރިއަކީ
ދޮންބީފާނު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މުޙައްމަދު ތަކުރުފާނުގެ ޤާސިމް ތަކުރުފާނު(ކާސިމްބެ) ގެ ދަރިންނަކީ ޙަސަން
ކަލޭގެއާއި ދޮންފުތު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މުޙައްމަދު ތަކުރުފާނުގެ ޤާސިމް ތަކުރުފާނު(ކާސިމްބެ) ގެ ޙަސަން ކަލޭގެ
ޙުސައިން ކަލޭގެފާނުގެ ދަރިންނަކީ ޢާއިޝަތު ޙުސައިން/ ނޫވިލާގެ، ޢަބުދުއްޞަމަދު ޙުސައިން/
މާކޯނި، ޢަބުދުﷲ ރަޝީދު/ ބެންހާގެ، ޚަދީޖާ ޙުސައިން/ އަލިދޯދި، މުޙައްމަދު ރަޝާދު ޙުސައިން/
މާކޯނި އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މުޙައްމަދު ތަކުރުފާނުގެ ޤާސިމް ތަކުރުފާނު(ކާސިމްބެ) ގެ ދޮންފުތު(ދޮންފުތުބޭ)ގެ
ދަރިންނަކީ ޙައްވާދިޔެ/ ހަލަވެލިމާގެ، އަބޫބަކުރު/ ޒަމާނީގެ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މުޙައްމަދު ތަކުރުފާނުގެ ޙަސަން ތަކުރުފާނު (ޙަސަންބެ) ގެ ދަލިކެދައިތާގެ
ދޮން މަރިޔަމް އާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ މެދުއަވަށު ދޮން މޫސާކަލޭގެ، ރައްކަލާކަލޭގެ،
މޫސާފުޅުބޭގެ، ޤާސިމް އެވެ. މިކައިވެނީގެދަރިންނަކީ ޙުސައިން ޤާސިމް/ ބޮންތިރަތްކެޔޮގެ،
ޔޫސުފު ޤާސިމް/ ސްކޫނަރ، މުޙައްމަދު ޤާސިމް/ ޕާޓްރާގެ، އަޙުމަދު ޤާސިމް އެވެ.
4-
ދިހެރޭ ޙުސައިން ކަލޭގެފާނުގެ ޙަސަން ތަކުރުފާނު
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޙަސަން ތަކުރުފާނު ކައިވެނިކުރެއްވީ މަޑަވެލީ މޫސިޔާގެ މާވަޑިކަލޯ އާއި
ހަވަރުތިނަދޫ އަޙުމަދު ކަތީބު ކަލޭގެފާނުގެ މަރިޔަމްފާނުގެ ޢާއިޝާފާނާއި ދެކަނބަލުންގެ
ދަރި ރެކިބީފާނާ އެވެ. މިކައިވެނީގެ ދަރިންނަކީ މަރިޔަމްފާނާއި، މޫސާ ތަކުރުފާނު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޙަސަން ތަކުރުފާނުގެ މަރިޔަމްފާނާއި ކައިވެނިކުރެއްވީ މާތޮޑާ ކަތީބު ކަލޭގެފާނެވެ.
މިކައިވެނީގެ ދަރިންނަކީ އަޙުމަދު ވަޙީދު ބްލޫހެވަން/ މާތޮޑާ، އިބްރާހީމް ވަޙީދު ގުލްފާމްގެ/
މާތޮޑާ، އާމިނަތު ވަޙީދާ ރަންގިރި/ މާތޮޑާ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޙަސަން ތަކުރުފާނުގެ މޫސާތަކުރުފާނު ކައިވެނިކުރެއްވީ ހަވަރުތިނަދޫ ފޫޅުމާ
ކަޅުދައިތަގެ އާދަމް ކަލޭގެފާނުގެ ޙައްވާގެ ދޮންކަމަނަ އާ އެވެ. މިކައިވެނީގެ ދަރިންނަކީ
މުޙައްމަދު ތަކުރުފާނު، އަޙުމަދު ތަކުރުފާނު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޙަސަން ތަކުރުފާނުގެ މޫސާ ތަކުރުފާނުގެ އަޙުމަދު ތަކުރުފާނުގެ ދަރިންނަކީ
މަރިޔަމް އަޙުމަދުދީދީ ބްލެކްބާރޑް/ ތިނަދޫ، ފާޠިމަތު އަޙުމަދު/ މިލެޓް، ޙަސަން އަޙުމަދު/
މިލެޓް އެވެ.
5
- ދިހެރޭ ޙުސައިން ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނު
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ ޙަސަން ތަކުރުފާނު ކައިވެނިކުރެއްވީ ހަވަރުތިނަދޫ
ކޭވަކުގޭ ޢާއިޝާދިޔެ އާ އެވެ. މިކައިވެނީގެދަރިންނަކީ ރެކިބީފާނު/ ގެލަ، އިބްރާހީމް
ރުޝްދީ، އަދި ދޮންބީފާނު/ މާނެލް އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ މުޙައްމަދު ތަކުރުފާނުގެ ޢާއިޝާފާނުގެ ދަރިންނަކީ
ރެކިބީފާނު/ އޭޝިޔާ، އަދި މަރިޔަމްފާނު/ ފުސްތުޅާގެ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ މުޙައްމަދު ތަކުރުފާނުގެ މަރިޔަމްގެ ދަރިންނަކީ
ޢަބުދުލް ޙައްޔު/ އުޖާލާގެ، ޢަބުސުއްސައްތާރު/ އުޖާލާއާގެ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ މޫސާ ތަކުރުފާނުގެ ދަރިންނަކީ ކުޑަބީފާނު(ކުދެއިފާނު)
އާއި ޢަލިތަކުރުފާނު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ މޫސާ ތަކުރުފާނުގެ ކުޑަބީފާނު(ކުދެއިފާނު) ދަރިންނަކީ
ޙުސައިން ޢަލީ/ މެޓްރޯނިއުސް، ތުއްތު/ ދަނބުރުއްދޮށުގެ، ޢަލިފުތު، އަދި ރެކިބީފާނު/ އުދަބާނި އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ މޫސާ ތަކުރުފާނުގެ ޢަލިތަކުރުފާނުގެ ދަރިންނަކީ
ޙުސައިން ޢަލީ/ ޝެހެނާއީ، މަޙުމޫދު ޢަލީ/ ޝެހެނާއީ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ ދޮން ޢާއިޝާފާނުގެ ދަރިންނަކީ ޢަލީ ރާޝިދު/ މުޝްތަރީގެ،
މޫސާ ރާޝިދު/ ހިޔާދޭގެ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ އޮޅަކުއްދާބޭގެ ދަރިންނަކީ ރެކިބީފާނު، ދޮންބީފާނު
އެވެ. މީގެތެރެއިން ރެކިބީފާނުގެ ދަރިންނަކީ މަރިޔަމް މަނިކެ،
ޙައްވާމަނިކެ(މާބަނޑޭރިއާގެ)، މުޙައްމަދު މަނިކު، ޝަރީފާ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ އާދަމް ތަކުރުފާނުގެ ދަރިންނަކީ ދޮންކަމަނަ،
ޙަސަން ތަކުރުފާނު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ އާދަމް ތަކުރުފާނުގެ ދޮންކަމަނަގެ ދަރިއަކީ ޙައްވާފާނު/
ނިއުޒީލް އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ އިބްރާހީމް ތަކުރުފާނުގެ އާދަމް ތަކުރުފާނުގެ ޙަސަން ތަކުރުފާނުގެ ދަރިންނަކީ
މުޙައްމަދު ނަޢީމު/ ފަތިސް، މުޙައްމަދު ރަޝީދު/ ހ.ފޭދޫގެ، ޢަބުދުލް ޢަޒީޒު/
ފަތިސް، މުޙައްމަދު ސަޢީދު/ ފަތިސް އެވެ.
ދިހެރޭ ޙުސައިން ކަލޭގެފާނުގެ ޢާއިޝާފާނުގެ އިބްރާހީމް ތަކުރުފާނުގެ ދޮންކަމަނާގެ ޢާއިލާވަނީ ހޯޑެއްދޫގައެވެ.
ދިހެރޭ ޙުސައިން ކަލޭގެފާނުގެ ޢާއިޝާފާނުގެ އިބްރާހީމް ތަކުރުފާނުގެ ދޮންކަމަނާގެ ޢާއިލާވަނީ ހޯޑެއްދޫގައެވެ.
6-
ދިހެރޭ ޙުސައިން ކަލޭގެފާނުގެ ޢާއިޝާފާނު
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ދަރިންނަކީ އިބްރާހީމް ތަކުރުފާނު ވިދުވަރުގެ/ތިނަދޫ، ކަލޭގެފާނު(ކަލޯބެ)
ވައިލެޓްވިލާ/ތިނަދޫ، ދޮންބެއްޔާ ކަނޑުފެންނަގެ/މަޑަވެލި، ޢުސްމާނު އަރާރޫޓުގެ/ތިނަދޫ،
އާމިންދިޔެ ގިރިޓީގެ/ތިނަދޫ، ޙައްވާ އައިލަކްސް/ތިނަދޫ، ޚަދީޖާ(ކައިދާ) ތަރިވިދާގެ/ފަރެސް
އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ އިބްރާހީމް ތަކުރުފާނާއި ދޮނޭ ދައިތާއާއި ދެކަނބަލުންގެ
ދަރިންނަކީ ޢާއިޝާފާނު، ދޮންކަމަނަ، ޙައްވާފާނު(ހައްވާ) އާމިނާފާނު، އާދަމް އިބްރާހީމް
އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ އިބްރާހީމް ތަކުރުފާނުގެ ޢާއިޝާފާނުގެ ދަރިއަކީ ރެއްކާ/
ދޫރެސް އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ އިބްރާހީމް ތަކުރުފާނުގެ ޙައްވާ އާއި ކައިވެނިކުރެއްވީ އާދަމް
ތަކުރުފާނު(ރެހެނެބޭ)/ ގްރާމީޒް އެވެ. މިކައިވެނީގެދަރިއަކީ ރެކިދިޔެ އެވެ. ރެކިދިޔެގެދަރިންނަކީ
ޢަބުދުލް ޙަކީމާއި، ޚަދީޖާ މުޙައްމަދު އެންދެރިމާގެ/ ރަތަފަންދޫ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ އިބްރާހީމް ތަކުރުފާނުގެ އާމިނާފާނާއި ކައިވެނިކުރެއްވީ
ހަވަރުތިނަދޫ ޖަޑިބު މާވަޑި މޫސާ ތަކުރުފާނެވެ. މިކައިވެނީގެދަރިންނަކީ ޢާއިޝާފާނު،
ޙުސައިން ތަކުރުފާނު/ ޖަވާހިރުމާގެ ދެކުނުބައި، އާދަމް ތަކުރުފާނު/ ގްރީންލީފް، ޢަލިތަކުރުފާނު/
ގާރޑްން، އިބްރާހީމް ތަކުރުފާނު/ ފަނީސްޕްޓް އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ އިބްރާހީމް ތަކުރުފާނުގެ އާދަމް އިބްރާހީމް އާއި ދޮންކަމަނަ
އާއި ދެކަނބަލުންގެ ދަރިންނަކީ ޢާއިޝަތު އާދަމް/ ލިވަރޕޫލް، ފާޠިމަތު އާދަމް، ޢަބުދުﷲ އާދަމް/ ޖީޒާ، ޙަސަން އާދަމް/ ނޫރާނީފެހި، މަރިޔަމް
އާދަމް/ ރިޝްނާވިލާ، ޙައްވާ ޒާހިރާ/ ވިދުވަރުގެ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ކަލޭގެފާނު(ކަލޯބެ) އާއި ހުޅުދަލީ ކާސިން ކަލޭގެއާއި އެއްބަނޑު
އެއްބަފާ މަރިޔަމް (ދޮން މަރިޔަމްދައިތާ)އާއި ދެކަނބަލުންގެ ދޮންމަނިކެ އާއި ފުރަތަމަ
ކައިވެނިކުރެއްވީ ދިހެރޭ ޙުސައިން ކަލޭގެފާނުގެ މަރިޔަމްފާނުގެ ތުއްތުދީދީ އެވެ. މިކައިވެނީގެދަރިއަކީ
ޢަބުދުﷲ ސަޢީދެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ކަލޭގެފާނު(ކަލޯބެ) އާއި ހުޅުދަލީ ކާސިން ކަލޭގެއާއި އެއްބަނޑު
އެއްބަފާ މަރިޔަމް (ދޮން މަރިޔަމްދައިތާ)އާއި ދެކަނބަލުންގެ ދޮންމަނިކެ އާއި ދެވަނައަށް
ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢުމަރުހުތާގެ ޢަލީގެ ދޮންކަލޭގެފާނެވެ. ދޮންކަލޭގެފާނާއި
ދޮންމަނިކެ އާއި ދެކަނބަލުންގެ ދަރިންނަކީ ކަތްދާމަނިކެ އާއި ޢަލިތަކުރުފާނެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ކަލޭގެފާނު(ކަލޯބެ)ގެ ދޮންމަނިކެގެ ކަތްދާމަނިކެ އާއި ކައިވެނިކުރެއްވީ
ހަވަރުތިނަދޫ އަޅިވިލާގޭ ޢަބުދުﷲ ޚަޠީބު ކަލޭގެފާނެވެ. މިދެކަނބަލުންގެ ދަރިންނަކީ
ޑރ. ޢަބުދުއްޞަމަދު ޢަބުދުﷲ/ ހ.ހުވަދޫ، މުޙައްމަދު ލަޠީފު، ޢަބުދުއްސައްތާރު، ޢަބުދުއްރައްޒާޤު،
ޢަބުދުލްޤާދިރު، ޢަޒީޒާ ޢަބުދުﷲ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ކަލޭގެފާނު(ކަލޯބެ)ގެ ދޮންމަނިކެގެ ޢަލިތަކުރުފާނު ކައިވެނިކުރެއްވީ
ހަވަރުތިނަދޫ ބޯލިކޯ ކުޑަދިޔެ އާ އެވެ. މިދެކަނބަލުންގެދަރިންނަކީ މުޙައްމަދު ނަސީމު/
ބްލެކް އެންޑް ވައިޓް، އަޙުމަދު ނަސީމު/ ބްލެކް އެންޑް ވައިޓް، ޙަސަން ތައްޚާނު/ ބްލެކް
އެންޑް ވައިޓް، ފާޠިމަތު ޢަލީ/ ގުލްޒާރުގެ، ޚަދީޖާ ޢަލީ/ އާފަތިސް އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ދޮންތަކުރުފާނު(ދޮންބެއްޔާ)ގެ ޢާއިޝާފާނު(އައިސާދިޔެ) އާއި
ފުރަތަމަ ކައިވެނިކުރެއްވީ މަޑަވެލީ އަޙުމަދު އެވެ. މިކައިވެނީގެދަރިންނަކީ ޙަސަން
އަޙުމަދު، ޢަލީ ޙަސަނެވެ. ޢާއިޝާފާނު(އައިސާދިޔެ) އާއި ދެވަނައަށް ކައިވެނިކުރެއްވީ
މަޑަވެލީ ޢަބުދުލްކަރީމް(ކަރީމްބެއްޔާ) ކަނޑުފެންނަގެ/މަޑަވެލި އެވެ. މިކައިވެނީގެދަރިންނަކީ
ޢަބުދުﷲ ޢަބުދުލްކަރީމް، މުޙައްމަދު ޢަބުދުލްކަރީމް އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ޢުސްމާނު އަރާރޫޓުގެ/ތިނަދޫ ގެ ދަރިއަކީ ޢަބުދުﷲ ޢުސްމާނު(ޢުސްމާނުބޭގެ
ޢަބުދުﷲ) އަރާރޫޓުގެ/ތިނަދޫ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ އާމިންދިޔެ ގިރިޓީގެ/ތިނަދޫ ގެ ދަރިންނަކީ ޢަބުދުﷲ (ޢަބުދުބޭ)
ގިރިޓީގެ/ތިނަދޫ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ޙައްވާ އައިލަކްސް/ތިނަދޫ ގެ ދަރިންނަކީ ފާޠިމަތު ރަޝީދާ(ފާތުމާ)
ޓޯޓަލް/ތިނަދޫ، ޙުސައިންފުތު އައިލަކްސް/ތިނަދޫ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ޙައްވާ އައިލަކްސް/ތިނަދޫ ގެ ފާޠިމަތު ރަޝީދާ(ފާތުމާ) ޓޯޓަލް/ތިނަދޫ
ގެ ދަރިންނަކީ ޙުސައިން ޢަފީފު، މަރިޔަމް ޙަބީބާ، ޙަސަން ޙަބީބު، މުޙައްމަދު ސަޢީދު، އިބްރާހީމް ރަޝީދު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ޙައްވާ އައިލަކްސް/ތިނަދޫ ގެ ޙުސައިންފުތު އައިލަކްސް/ތިނަދޫ
ގެ ދަރިއަކީ ޒުބައިދާ ޙުސައިން އައިލަކްސް/ތިނަދޫ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ޚަދީޖާ(ކައިދާ) އާއި ކައިވެނިކުރެއްވީ ހަވަރުތިނަދޫ ކަތީބު
މާވަށްދިހެރޭ ކުޑަތަކުރުފާނު އެވެ. މިކައިވެނީގެދަރިންނަކީ ޙަސަން ތަކުރުފާނު، މޫސާ
ތަކުރުފާނު، ދޮންތަކުރުފާނު، މަރިޔަމްފާނު(ގައްދޫގައި)، ޙުސައިން ތަކުރުފާނު ތަރިވިދާގެ/ފަރެސް،
ޤާސިމްތަކުރުފާނު ފިނިވާގެ/ތިނަދޫ، އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ޚަދީޖާ(ކައިދާ)ގެ ޙުސައިން ތަކުރުފާނު ތަރިވިދާގެ/ފަރެސް
ގެ ދަރިންނަކީ އާމިނަތު ޙުސައިން ނޫވިލާގެ/ފަރެސް، ޙަސަން ޙުސައިން ތަރިވިދާގެ/ފަރެސް
އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ޚަދީޖާ(ކައިދާ)ގެ ޤާސިމްތަކުރުފާނު ފިނިވާގެ/ތިނަދޫ ގެ މުޙައްމަދު
މާހިރު ފިނިވާގެ/ތިނަދޫ ގެ ދަރިންނަކީ ޢަބުދުﷲ މާހިރު، އާމިނަތު މާހިރު، ސާދިޔާ މާހިރު،
ޖީޒާ މާހިރު، ޝުމްރަތު މާހިރު، އަޙުމަދު ޝާފިޢު މާހިރު، ޙުސައިން ޝަހާމަތު މާހިރު އެވެ.
7-
ދިހެރޭ ޙުސައިން ކަލޭގެފާނުގެ މަރިޔަމްފާނު
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މަރިޔަމްފާނާއި ކައިވެނިކުރެއްވީ ދެއްވަދޫ އިސްމާޢީލްދީދީގެ މުޙައްމަދުދީދީ
އެވެ. މިކައިވެނީގެދަރިންނަކީ ތުއްތުދީދީ، އިބްރާހީމްދީދީ، ދޮންދީދީ، އާމިނާދީދީ، ޢާއިޝާދީދީ،
ޙުސައިންދީދީ، މޫސާދީދީ، ދޮންތުއްތުދީދީ ޢަބުދުލް ޙަމީދު ޒާހިރު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މަރިޔަމްފާނުގެ ތުއްތުދީދީ ފުރަތަމަ ކައިވެނިކުރެއްވީ ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ޢާއިޝާފާނުގެ ކަލޭގެފާނު(ކަލޯބެ) ދޮންމަނިކެ އާ އެވެ. މިކައިވެނީގެދަރިއަކީ
ޢަބުދުﷲ ސަޢީދެވެ. ތުއްތުދީދީ ދެވަނައަށް ކައިވެނިކުރެއްވީ މާމެންދޫ ޙަސަންބެއްޔާގެ
ޙައްވާދައިތާ އާއި ވާކަރު ދޮންބެ އާއި ދެކަނބަލުންގެ ދަރި ފާޠިމާދިޔެ އާ އެވެ. މިކައިވެނީގެދަރިންނަކީ
ހާޖަރާ ތުއްތުދީދީ/ ހާޖަރާގެ، މުޙައްމަދު ސަޢީދު
ތުއްތުދީދީ/ މީނާނީޒް އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މަރިޔަމްފާނުގެ އިބްރާހީމްދީދީ ކައިވެނިކުރެއްވީ ހަވަރުތިނަދޫ އަޙުމަދު
ކަތީބު ކަލޭގެފާނުގެ ދޮން ޙުސައިން ތަކުރުފާނުގެ މުޙައްމަދު ތަކުރުފާނާއި، މަޑަވެލީ
މޫސިޔާގެ ޤާސިމުގެ ޢާއިޝާ (ބޭސް އައިސާ)އާ ދެކަނބަލުންގެ ދަރި ދޮންކަމަނަ އާ އެވެ.
އިބްރާހީމްދީދީ އާ ދޮންކަމަނަގެ ދަރިންނަކީ މަރިޔަމްދީދީ/ ބީޗްވިލާ، ޙަސަންދީދީ/ އެވަރފާސްޓް،
ދޮންދީދީ، ފާޠިމާދީދީ، ޢަބުދުﷲ ދީދީ، ތުއްތުދީދީ/ ހިތްފަސޭހަވިލާ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މަރިޔަމްފާނުގެ ދޮންދީދީ އާ ކައިވެނިކުރެއްވީ އައްޑޫ ހުޅުދޫ ގައުމާތުގޭ
ޢީސާފުޅު ކަލޭގެފާނުގެ މޫސާ މަނިކުފާނުގެ ޢަލިމަނިކުފާނެވެ. މިކައިވެނީގެ ދަރިންނަކީ
ރެކިދީދީ، ފާތުމާދީދީ، މަރިޔަމްދީދީ، އަޙްމަދު ޙިލްމީ(އަޙްމަދުދީދީ)/ ސްޓާރލިންގ، ޙަސަން ޙިލްމީ/ ޖަނަވަރީގެ، މުޙައްމަދު ޙިލްމީ(މުޙައްމަދުދީދީ)/
ހަލަވެލި އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މަރިޔަމްފާނުގެ ޢާއިޝާދީދީ އާ ކައިވެނިކުރެއްވީ ކޭވަކުގޭ ޤާސިމް ތަކުރުފާނެވެ.
މިކައިވެނީގެދަރިއަކީ މަރިޔަމްދީދީ/ މުޝްތަރީގެ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މަރިޔަމްފާނުގެ ޙުސައިންދީދީ (އޮޅަދީދީ) ކައިވެނިކުރެއްވީ ހަވަރުތިނަދޫ
އަޙުމަދު ކަތީބު ކަލޭގެފާނުގެ މުޙައްމަދު ކަތީބު ކަލޭގެފާނުގެ ވަލުގޭ ދޮން ޙުސައިން
ތަކުރުފާނުގެ ޢާއިޝާފާނުގެ މަރިޔަމްފާނާ އެވެ. މިކައިވެނީގެދަރިންނަކީ އާމިނަތު ޙުސައިން/
ޕްލެނެޓް، ޙަސަން ޙިލްމީ/ މޫންލައިޓް، ޢާއިޝަތު ފަރީދާ/ ގޯލްޑަން ހައުސް، ފާޠިމަތު
ފަރީދާ، ފަރީދާ ޙުސައިންދީދީ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ މަރިޔަމްފާނުގެ ޢަބުދުލް ޙަމީދު ޒާހިރު ފުރަތަމަ ކައިވެނިކުރެއްވީ މަޑަވެލީ
މޫސިޔާގެ ޤާސިމްގެ ޔޫސުފުގެ ރެކިދިޔެ އާ އެވެ. މިކައިވެނީގެދަރިންނަކީ މުޙައްމަދު ޙަމީދު/
ދެލްވައްތަ، އާމިނަތު ޙަމީދު/ ޑައިމަންޑްވިލާ އެވެ. ޢަބުދުލް ޙަމީދު ޒާހިރު ދެވަނައަށް
ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ގެ ފޫޅުމާ ޙައްވާފާނުގެ ޙުސައިން ތަކުރުފާނުގެ
ކައިދާފާނާއި ކައްބޮއްލޭ އަޙުމަދުބެ އާ ދެކަނބަލުންގެ ދަރި ފަޠިމަތު އަޙުމަދު (ފާޠިމާދިޔެ)
އާ އެވެ. މިކައިވެނީގެދަރިންނަކީ ޙަސަން ޙަމީދު، މަރިޔަމް ޒާހިރާ، ޢާއިޝަތު ޒާހިރާ،
ޙައްވާ ޒާހިރާ، ޚަދީޖާ ޒާހިރު، ޢަލީ ޙަމީދު އެވެ.
8-
ދިހެރޭ ޙުސައިން ކަލޭގެފާނުގެ ކުޑަތަކުރުފާނު
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ކުޑަތަކުރުފާނު ފުރަތަމަ ކައިވެނިކުރެއްވީ ހަވަރުތިނަދޫ ޢަލިކަލޭގެ ގެ
ފޫޅުމާ ކަޅުދައިތަގެ އާދަމް ކަލޭގެފާނުގެ ޤާސިމްބެ ކައިވެނިކުރެއްވި ހުޅުދަލީ ކާސިން
ކަލޭގެއާއި އެއްބަނޑު އެއްބަފާ މަރިޔަމް (ދޮން މަރިޔަމްދައިތާ)ގެ ރެކިދިޔެ އާ ދެކަނބަލުންގެ
ދަރި ދޮންބީފާނާ އެވެ. މިކައިވެނީގެދަރިންނަކީ އިސްމާޢީލް ޢަލީ ހުސްނުހީނާގެ/ ހޯޑެއްދޫ،
އާދަމް ޢަލީ ހީނާމާގެ/ ހޯޑެއްދޫ، ޙަސަން ޢަބުދުﷲ ގުލްހަޒާރުގެ/ ހޯޑެއްދޫ އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ކުޑަތަކުރުފާނު ދެވަނައަށް ކައިވެނިކުރެއްވީ ހަވަރުތިނަދޫ ރާގުޅި އަޙުމަދު
ކަލޭގެފާނާއި ހަވޮއްޑޭ ތިރުގޭ އަޙުމަދު ކަލޭގެފާނުގެ ޙައްވާ ކަނބުލޭގެފާނާއި ދެކަނބަލުންގެ
ދަރި މަރިޔަމްފާނާއި ކައިވެނިކުރެއްވި ހަވަރުތިނަދޫ އަލެގޭބެއްޔާގެ ކައިވެނީގެ ދަރި
ދޮން ޢާއިޝާފާނާ އެވެ. ދިހެރޭ ޙުސައިން ކަލޭގެފާނުގެ ކުޑަތަކުރުފާނާއި ދޮން ޢާއިޝާފާނުގެ
ކައިވެނީގެ ދަރިންނަކީ އަލްޙާފިޡު ތުއްތު، އަދި ޙައްވާފާނު އެވެ.
ދިހެރޭ ޙުސައިން
ކަލޭގެފާނުގެ ކުޑަތަކުރުފާނުގެ ޙައްވާފާނުގެ ދަރިންނަކީ މުޙައްމަދު ޢަލީ/ އަލިވާގެ، ޢާއިޝަތު ޢަލީ (އައިސާފާނު)/
އަލެގެ، އަދި ދޮންބީފާނު/ ދޭދަރުގެ އެވެ.
ނޯޓް: މިލިޔުމަށް ގެންނަންޖެހޭ ޞައްޙަ އުނިއިތުރެއްވާނަމަ އެކަން އަންގަވާލަދެއްވުން އެދެމެވެ.
-----------------
ޢަބުދުﷲ ޙިލްމީ
ޢަބުދުﷲ ޙިލްމީ
13 ޖެނުއަރީ
2013މ.