
މަޝްހޫރު ޢަލިރަސްގެފާނު ޝަހީދުކޮށް ދިވެހިރާއްޖޭގެ ރަސްކަމަށް އައްސުލްޠާން އަނދިރިއަނދިރީން އިސްވެވަޑައިގަތުމަށް ފަހު، އެރަސްގެފާނުގެ އެންމެއަރިސް މުޝީރެއްގެ މަގާމުދެއްވީ ޕޯޗްގީޒުގެ ބޭފުޅެއްކަމަށްވާ އޮނަރަބްލް ވިޔަޒޯރަށެވެ. އޮނަރަބްލް ވިޔަޒޯރަކީ މަސީޙީންގެ ވަރަށްބޮޑު ރާހިބެއްކަމަށްވާތީ ޕޯޗްގީޒުގައި އެމަނިކުފާނަކީ ވަރަށްމަތީ ފެންވަރުގެ ދީނީ ޝައިޚެކެވެ. އަދި މީގެއިތުރަށް އެމަނިކުފާނަކީ ޕޯޗްގީޒުން ދިވެހިރާއްޖެއަށް އަތްގަދަކޮށް ރާއްޖޭގައި ކިރިސްތީދީން ފަތުރައި ދިވެހިމުސްލިމުންގެ ކަރަށް ބަނގުރާއަޅައި އެބައިމީހުންގެ އަތްފައިން ގޯސްހެއްދުމަށްޓަކައި ޕޯޗްގީޒުގެ ކާފިރުން ފެއްޓި ގައުމީ ޙަރަކާތުގައިވެސް އަރައިހުންނެވި ސަރުދާރެކެވެ.
ވިޔަޒޯރު ނޫނީ ވިޔަދޯރު
ނޫނީ ވިޔަޒޯރާއަކީ ޕޯޗްގީޒުގައި އެދުވަސްވަރު މީހުނަށް ކިޔައި އުޅުނު ޚާއްޞަ ނަމެއްނޫން
ކަމާއި އަދި އެއީ އިންސްޕެކްޓަރ، ސަރުދާރު ނޫނީ ބަނޑޭރި ފަދަ އެމީހަކު އަދާކުރާ މަޤާމެއްގެ
ނަމެއްކަމަށް ބެލެވެއެވެ.
ބުނެވޭގޮތުން ޕޯޗްގީޒުން
ރާއްޖެއަށް އަތްގަދަކޮށްގެން ތިބި ދުވަސްވަރު ރާއްޖެއިން ޕޯޗްގީޒުންނަށް ފޮނުވަންޖެހޭ
ޖިޒީއާއި އެނޫނަސް އެތަނަށް ފޮނުވަންޖެހޭ ހުރިހާ ތަކެއްޗެއް ފޮނުއްވުމުގައި އިސްކޮށް
ހުންނެވީ އޮނަރަބްލް ވިޔަޒޯރެވެ.
އައްސުލްޠާން އަނދިރިއަނދިރީން
ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެން ރާއްޖޭގެ ކަންކަން ގެންދާނެގޮތަކާމެދު
ރަސްކަމުގެ މަޝްވަރާ މަޖިލީހުގައި ކުރެވުނު ސައްލާގައި، ރާއްޖޭގެވެރިކަމަށް ނުރައްކާކޮށްފާނެ
އެންމެ ނުރައްކާތެރި ހަރުދަނާ ބަޔަކު ތިބީ ރާއްޖޭގެ އުތުރުން ތިލަދުންމަތީގައި ކަމަށާއި
ޚާއްޞަކޮށް ނޮޅިވަރަންފަރު އެދުރުކަލޭފާނާއި، އުތީމު ހުސެންކަތީބު ތަކުރުފާނާއި ބާރަށު
ކަތީބު ތަކުރުފާނަށް ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމަށް އޮނަރަބްލް ވިޔަޒޯރު ވިދާޅުވެފައިވެއެވެ.
މިހެންމެ އުތީމު
ޢަލީ ތަކުރުފާނަކީވެސް ފަހަށް ވިސްނައިވަޑައިގަންނަވާ ބޮޑު ބުއްދިވެރިއެއްކަމަށް ވެސް
އޮނަރަބްލް ވިޔަޒޯރު ފާހަގަކުރައްވާތީ ތިލަދުންމަތީގައި ހުންނަވައިގެން މިކަންކަމުގެ
މައިތިރިހޯއްދަވައި ޕޯޗްގީޒުންގެ ވެރިކަން ރާއްޖޭގައި ދެމެހެއްޓެވުމުގެ މަސްއޫލިއްޔަތާއި
ޙަވާލުވެވަޑައިގަތީ ވެސް އޮނަރަބްލް ވިޔަޒޯރެވެ.
އޭގެފަހުން ލަހެއްނުވެ
އޮނަރަބްލް ވިޔަޒޯރު ތިލަދުންމަތީ ބާރަށަށް ވަޑައިގަތީ މާލޭގެ މަސްރަޙު ހިމޭންކޮށް
ބޭއްވުމުގެ ބޭނުމުގައި ޢަލިރަސްގެފާނުގެ އަނބިކަނބަލުން ކަނބާ ޢާއިޝާ އާއި ޢަލިރަސްގެފާނުގެ
ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެފާނު ގޮވައިގެންނެވެ. ބާރަށަށް ވަޑައިގެން އެތާނގައި
ވެރިކަމުގެ ނިޒާމު ގާއިމްކުރައްވައި ބާރަށުގައި އެމަނިކުފާނު އުޅުއްވަމުން ގެންދެވި
ވާރުގެ ހުރި ސަރަޙައްދު މިހާރުވެސް ފާހަގަކުރެވެއެވެ.
އޮނަރަބްލް ވިޔަޒޯރަކީ
އެމަނިކުފާނުގެ ކޮންމެ މަގުޞަދެއް އޮވެގެންކަމަށް ވިއަސް އުތީމު ޢަލިތަކުރުފާނުގެ
3 ބޭފުޅުންނާ ވަރަށް ޚާއްޞަ ގުޅުމެއް ބޭއްވެވި ވެރިއެކެވެ. ޕޯޗްގީޒުންގެ ކިބައިން ދިވެހިރާއްޖެ
ސަލާމަތްކުރެއްވުމުގެ މަސައްކަތުގައި އެބޭފުޅުން ބޭނުންފުޅުކުރައްވި އުޅަނދު މަޝްހޫރު
"ކަޅުއޮށްފުންމި" އަކީވެސް އޮނަރަބްލް ވިޔަޒޯރުގެ ފުރިހަމަ އެހީތެރިކަމުގެ
ދަށުން ބާރަށުގައި ބެންނެވި އުޅަނދެކެވެ. (ނުނިމޭ)
---------------------
ލިޔުއްވީ: މީމު ނޫނު