ހުވަދުއަތޮޅު
ތިނަދޫގެ މަގުތަކުގައި ފާޚާނާހޮޅި ވަޅުލަމުންދާއިރު ހައިމާރކްގެ ދަތްގަނޑު
އަޅުވައިގެން އިސްލާމުންގެ ގަބުރު ކުދިކުދިކުރަމުން ގެންދާއިރު މިފަދަ އިންސާނިއްޔަތާއި
އަދި އިސްލާމީ އުޞޫލުތަކާއިވެސް ޚިލާފު ނުބައިކަން ބޮޑުކަމެއް ހުއްޓުވާނެ ފަރާތެއް
ތިނަދޫގައި ނެތުމަކީ ކޮޅުނެތްކޮޅަށް ހިތާމަހުރި ދެރަކަމެކެވެ.
ހުވަދުއަތޮޅު ތިނަދޫގައި ދެވަނަފަހަރަށް މީހުން ވަޒަންވެރިކުރުވުމަށްޓަކައި ރަށުގެ މަގުތައް ހަދަމުންދިޔައިރު އޭގެކުރިން އިސްލާމުން ވަޅުލައިފައިވާ ބައެއް ގަބުރުސްތާނުތަކުގެ ތެރެއިން ރަށުގެމަގުތައްވަނީ ހެދިފައެވެ. މިކަން ރަނގަޅަށް ދަންނާނޭ އެނގޭނޭ އިސްލާމުން ތިނަދޫގައި މިހާރުވެސް ދިރިއުޅެމުން އެބަދެއެވެ. މިހެންމެ، އެނގޭކަމަކީ ނުބައިކަންބޮޑު މިފަދަކަމެއް ހިނގަމުންދާއިރު އެކަން ހުއްޓުވަންޖެހޭ ކޮންމެވެސް ފަރާތެއް ތިނަދޫގައި ވާންޖެހޭނެކަމެވެ. އެކަމަކު އެފަރާތަކީ ކޮބައިކަމެއް ނޭނގެއެވެ.
ތިނަދޫގެ މަގުތަކުގައި ފާޚާނާހޮޅި ވަޅުލަމުންދާއިރު އެމަގުތަކުގެ އަޑީގައި ވަޅުލާފައިވާ އިލެކްޓްރިކް ކޭބަލްތަކާއި ފޯން ކޭބަލްތަކާއި އަދި ޓީވީ ކޭބަލްތަކަށް ގެއްލުމެއްވެ، އެއެއްޗެތި ހަލާކުވޭތޯ ބަލަމުންދާކަމަށްވެއެވެ. އެފަރާތްތަކުގެ މީހުން އެކަންކަން ބަލަހައްޓައެވެ. ނަމަވެސް ތިނަދޫގެ ބައެއްމަގުތަކުގެ އަޑީގައި ވަޅުލާފައިވާ އިސްލާމުންގެ ގަބުރުގައި ހައިމާކްގެ ދަތްގަނޑު އަޅުވައި އެގަބުރުތައް ކުދިކުދިކޮށް ނަގަމުންދާއިރު އެކަން ބަލަހައްޓާނެ މީހަކުނެތުމަކީ ދިވެހިރާއްޖެ މިދެކޭ ޑިމޮކްރަސީގެ މުޅީން އައު ބާބެކެވެ. ނުވަތަ ދިވެހިރާއްޖެ މިދެކޭ ލާމަރުކަޒީގެ ފާގަތި ޗެޕްޓަރެކެވެ.
-----------------------------
15 ޖުލައި
2014މ.